27 މާރިޗު 2024, ބުދަ
ޝެއާރ ކޮށްލާ
ޕީޕީއެމާއި ޕީއެންސީން އަނިޔާވެރިކަން ނޫން އެއްޗެއް ނުނިކުންނާނެ ކަމަށާއި, އެ އަނިޔާވެރިކަން މިފަހަރު ދައްކާލަން އެ އުޅެނީ އެމްޑީޕީ ޗެއާޕާސަން ފައްޔާޒް ފުލުސް އޮފީހަށް ހާޒިރު ކޮށްގެން ކަމަށާއި, ނަމަވެސް ސަރުކާރުން ކުޅެން އުޅެނީ ނުބައި ބޭފުޅަކަށް ކަމަށް ބުނެ, އެމްޑީޕީގެ ރައީސް ޝާހިދުގެ ތައުރީފް ފައްޔާޒަށް މިރޭ ބަންޑުން ކޮށްލައިފި އެވެ.
މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާއެއްގައި ޝާހިދު ވިދާޅުވީ ފައްޔާޒަކީ އަޒުމް ވަރުގަދަ, ހިތްވަރު ގަދަ, ކެރޭ ބޭފުޅެއް ކަމަށެވެ. އަދި ފައްޔާޒަށް ބިރު ދައްކައިގެން އިތުރު ގޮޑިއެއް ސަރުކާރަށް ނުލިބޭނެ ކަމަށާއި, އިތުރަށް ގޮޑި ގެއްލޭނީ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ބޮޑު ތަނުން ބަލިވެގެންނޭ ތިޔަ ދަނީ. ބޮޑު ތަނުން ބައްޔޭ ތިޔަ ވަނީ. ގޮތް ހުސްވީމާ ތެޅޭނެ. ތެޅުނު ވަރަކަށް ދާނީ ހުޅުނބު," ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އަސާސަކީ އަނިޔާވެރިކަން ނައްތާލުން ކަމަށެވެ. އަދި ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ބަލައިލި އަސް, ރައްޔިތުންގެ ތެރޭގައި އިންތިހާ އަށް އަނިޔާވެރިކަން, ދޮގުބޯ މުއިއްޒުގެ ސަރުކާރުން ފަތުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
* Copyright © 2024 Dhunmaari. All rights reserved.