01 އޭޕްރީލު 2024, ހޯމަ
ޝެއާރ ކޮށްލާ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ފ ނިލަންދޫ ދާއިރާއަށް ވާދަކުރާ ދޮގުބޯ މުއިއްޒުގެ އެންބަނޑު ކޮއްކޮ ފާތުމަތު ސައުދާގެ ކެމްޕެއިނަށް ޒަކާތު ފަންޑުން ބޮޑު ހަރަދެއް ކޮށްފައިވާކަން ފަޅާއަރައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފާއިތުވި ދެ މަހެއްގެ ތެރޭގައި ފިލަންދޫ ހިނެމޭހެން އެދާއިރާގެ މީހުނަށް އާދަޔާ ހިލާފަށް ގިނައިން އެކިކަންކަމުގައި ޒަކާތުފަންޑުން އެހީތެރިކަން ދީފައިވާކަން ފާހަގަ ކުރެވިގެން ބެލިއިރު އެކަން ގުޅެނީ ސައުދާގެ ކެމްޕެއިނާކަމަށެވެ.
އެގޮތުން ފާއިތުވި ދެ މަހެއްގެ ތެރޭގައި ނިލަންދޫ ދާއިރާގެ 327 މީހަކަށް ޒަކާތު ފަންޑުން އެހީ ހަމަޖައްސާފައިވާކަމަށާއި މިއީ މީގެކުރިން މިކަން ދުވަހަކުވެސް ހިނގާފައިވާގޮތެއް ނޫންކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ ނިލަންދޫ ދާއިރާގެ 327 މީހުނަށް ޖުމްލަ 11 މިލިއަން ރުފިޔާ މިހާތަނަށް ޒަކާތުފަންޑުން ދޫކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބެލިބެލުމުގައި މިވާގޮތަކީ ވަކި ބޭފުޅެއްގެ ކައިރިއަށް އެހީއަށް ދިޔައީމަ މިބުނަނީ ޒަކާތު ފަންޑަށް ލާފައި ނުބާށޭ، ދެން މިކޮޅުން ޒަކާތު ފަންޑަށް އެމީހަކު ފޯމް ލުމުން މިކޮޅުން ލިބޭ އެންޓްރީ ނަންބަރު އެބޭފުޅަކަށް ފޮނުވީމަ އަނެއްކާ އެބޭފުޅަކު ސަރުކާރު ތެރެއިން މިނިސްޓްރީގެ އިސްވެރިންނާ ގުޅިގެން މިކަން މިކުރަނީ، މިކަން ގޮސް ގުޅެނީ ވަކި ބޭފުޅެއްކެ ކެމްޕެއިނަށް" އޮފިޝަލް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ސައުދާގެ ކެމްޕެއިނަށް ޒަކާތު ފަންޑުން ކޮށްފައިވާ ހަރަދަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބޭސްފަރުވާގެ އެހީތެރިކަމަށް ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ނިލަންދޫ ދާއިރާގެ އެކި މީހުނަށް 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެއިތުރުން ކްރެޑިޓް ކާޑުގެ ފައިސާއާއި ލޯނުގެ ފައިސާ ނުދެއްކިގެން ހުކުމް ކޮށްފައިވާ ނިލަންދޫ ދާއިރާގެ ބައެއް މީހުންގެ ދަރަނިވެސް ޒަކާތުފަންޑުން ބޭންކަށް މިހާރު ދައްކާފައިވާކަމަށާއި އިތުރު ރިކުއެސްޓްތައް މިހާރުވެސް ޕްރޮސެސްގައި ހުރިކަމަށް އޮފިޝަލް ވިދާޅުވިއެވެ.
* Copyright © 2025 Dhunmaari. All rights reserved.