28 މާރިޗު 2024, ބުރާސްފަތި
ޝެއާރ ކޮށްލާ
ދޮގުބޯ މުއިއްޒު އަންގައިގެން ފުލުހުން ސިޔާސީ ޑްރާމާއެއް ކުޅުމަށް މިއަދު ފައްޔާޒް ފުލުހަށް ގެންދާއިރު, ދޮގުބޯ މުއިއްޒު ރާވައިގެން އުޅެނީ މިއަދު ފައްޔާޒު ހައްޔަރަށް ގެންދިއުމަށް ފަހު, ގޭންގުތައް ނެރެ މާލޭގެ އަމާންކަން ގެއްލުވާލުމަށް ފަހު އެކަން އެމްޑީޕީ ބޮލުގައި އަޅުވައިގެން, އެމްޑީޕީގެ ލީޑާޝިޕްގެ އެއްކޮށް ހައްޔަރަށް ގެނެސް, އެ ޕާޓީގެ ކެމްޕެއިން ހުއްޓުވާލަން ކަން ފަޅާ އަރައިފި އެވެ.
ފުލުހުންގެ އިސް ވެރިންތަކެއް ވިދާޅުވީ މިކަމާ އެ ބޭފުޅުން ސީދާ ދެކޮޅު ހަދަމުން އަންނަ ކަމަށެވެ. އަދި ދޮގުބޯ މުއިއްޒު ވަނީ ދެކޮޅު ހަދާ ހުރިހާ އޮފިސަރުން ވަކި ކޮށްގެން ނަމަވެސް އޭނާ ބޭނުންވާ ގޮތަށް ކަންކަން ކުރާނެ ކަމަށް ބުނެ އެ ބޭފުޅުންނަށް އިންޒާރު ދީފައި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ނަމަވެސް މިކަން ހުއްޓުވަން ފާޅުގައި ނިކުންނަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމުގެ އިންޒާރު ފުލުހުންގެ ފަރާތުން ދޮގުބޯ މުއިއްޒަށް ދީފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެގޮތުން ފުލުހުންނާއި ސިފައިން އަބަދު ވެސް ގައުމުގެ މަސްލަހަތު ހިމާޔަތް ކުރަން ވިސްނާނެ ކަމަށް ދޮގުބޯ މުއިއްޒަށް ދަންނަވާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ޖެނަރަލުން ވެސް އެކަމަށް ތާއީދު ކުރާ ކަމަށާއި, އެ ބޭފުޅުން ވެސް ސިޔާސީ ގޭމުތައް ކުޅުއްވުމަށް ދެކޮޅު ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އަދި ކަންކަން ގޯހުން ގޯހަށް ނުގެންދިއުމަށް މުއިއްޒަށް އެ ބޭފުޅުން ވެސް އަންގާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
* Copyright © 2024 Dhunmaari. All rights reserved.